Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަން އޭ320 ގެ ދަތުރުތައް އައްޑޫއަށް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަނުން އަލަށް ގެނައި އޭ320 ގެ ދަތުރުތައް އައްޑޫ ގަމަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ހަފްތާގެ ދެ ދުވަހު ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ގަމަށް ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާކަން މޯލްޑިވިއަނުން ބުނެ އެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.

މޯލްޑިވިއަންގެ ފްލީޓަށް ފަހުން އިތުރުކުރި، އޭ320 ގެ ބޯޓުތަކުގައި 152 މީހުންގެ ޖާގަ ހުރެ އެވެ. މިއީ ޑިމާންޑް ބޮޑު މަންޒިލްތަކާއި، ދުރު ދަތުރުތަކަށް އެންމެ އެކަށީގެންވާނެ ބޯޓެއްކަމުގައި އެ އެއާލައިނުން ބުނެ އެވެ.

މޯލްޑިވިއަނުން އަންނަނީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޯލްޑިވިއަންގެ ފްލީޓުގައި ފަހުން ގެނައި އޭ320 މަރުކާގެ ދެ ބޯޓު ހިމަނައިގެން 25 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އޭޓީއާރު72ގެ 2 އެއަރކްރާފްޓަކާއި، އޭޓީއާރު42ގެ ބޯޓަކާއި، ޑޭޝް8-300ގެ 7 ބޯޓަކާއި، ޑޭޝް8-200 ގެ 2 ބޯޓަކާއި، ޑީއެޗްސީ-6 ޓްވިން އޮޓަރ ގެ 11 އެއަރކްރާފްޓަކާއި، ނެރޯބޮޑީގެ އެއަރބަސް އޭ320ގެ ބޯޓެއް އަދި ވައިޑްބޮޑީގެ އެއަރބަސް އޭ330ގެ ބޯޓެއް ހިމެނެ އެެވެ.

މި ލިއުމާއި ގުޅޭ