Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓްއިން ބުނެފައިވެއެވެ.
މެޓްއިން މިއަދުގެ ހަވީރު 6:00 އަށް ނެރުނު މޫސުމީ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އިރު، ރާޅުގެ އުސްމިން 1-3 ފޫޓުގައި ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ފާއިތުވި ހަފްތާގައި ރާއްޖޭގައި އިހުސާސްކުރެވުނު ހޫނުމިން ވަރަށް މައްޗަށް ދިޔަ ނަމަވެސް، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާ ކަމަށް މެޓްއިން ފާހަގަކޮށްފައިވެއެވެ.

މޫސުމަށް އަންނަ މި ބަދަލާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކަށް އިތުރަށް ސަމާލުވުމަށް މެޓްއިން އިންޒާރު ދީފައިވެއެވެ. އަދި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބޭނަމา އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން އެންގުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ