Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުންފަތުގެ އިސްތިއުމާލު ކުރުން

އަނެއްކާވެސް ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފި

އަނެއްކާވެސް ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގެންފައި މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަރކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ބެލެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިތަކެތީގެ ތެރޭގައި ވޭޕާއި އޭގެ ބައިބައި ހިމެނޭހެން 2008 އައިޓަމް ހިމެނޭކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެ އެވެ.

އިއްޔެ މެލޭޝިއާއިން ރާއްޖެ އައި ތިން ފަސިންޖަރެއްގެ ލަގެޖުން ވެސް ހަމަ މިއަދަދަށް ވޭޕް އާއި ވޭޕްގެ ބައިބައި ކަސްޓަމުން ވަނީ އަތުލައިގެންފަ އެވެ. މި ދެ މައްސަލަވެސް ތަހުގީގުކުރަމުން އަންނަކަމަށް އެ ހިދުމަތުން ބުނެ އެވެ.

ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ތަކެތި އެތެރެކުރަން އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ވޭޕް އެތެރެކުރުމާއި، ބޭނުންކުރުން އަދި ހިލޭ ބެހުމަކީ ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކުށްތަކެވެ.

އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ އިން އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000ރ. އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ.

މި ލިއުމާއި ގުޅޭ