ޤައުމީ އެއާލައިން މޯލްޑިވިއަން އިން އިތުރު ޚިދުމަތްތަކަކާއެކު ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
މޯލްޑިވިއަނުން މަޢުލޫމާތުދެއްވި ގޮތުގައި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓް ބުކިންގ މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ދަތުރުތައް ފެށިގެންދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޚިދުމަތުގެ ދަށުން ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މޫނިމާ ލައުންޖުގެ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް ގަންނަ ފަސިންޖަރުންނަށް ޗެކިން ކުރެވޭ ލަގެޖުގެ ގޮތުގައި 25 ކިލޯގެ ޖާގަ ލިބިގެންދާނެއެވެ. މިއީ އިކޮނޮމީ ކްލާހަށްވުރެ 5 ކިލޯ އިތުރު މިންވަރެކެވެ. މީގެ އިތުރުން ޕްރިއޯރިޓީ ބޯޑިންގ އަދި ޕްރިއޯރިޓީ ލަގެޖް ޚިދުމަތްވެސް މި ކްލާހުގެ ފަސިންޖަރުންނަށް ލިބިގެންދާނެއެވެ.
މާލެއިން ހަނިމާދޫ އިކޮނޮމީ ފްލެކްސް 1464ރ ޕްރިމިއަމް އިކޮނޮމީ 1998ރ
މާލެއިން އައްޑޫ ސިޓީ ގަމަށް އިކޮނޮމީ ފްލެކްސް 1687ރ ޕްރިމިއަމް އިކޮނޮމީ 2227ރ
މާލެއިން އިފުރު އިކޮނޮމީ ފްލެކްސް 1377ރ ޕްރިމިއަމް އިކޮނޮމީ 1918ރ
މާލެއިން ކާޑެއްދޫ އިކޮނޮމީ ފްލެކްސް 1693ރ ޕްރިމިއަމް އިކޮނޮމީ 2233ރ
މާލެއިން ފުވައްމުލަކަށް އިކޮނޮމީ ފްލެކްސް 1653ރ ޕްރިމިއަމް އިކޮނޮމީ 2199ރ
މާލެއިން ފަރެސްމާތޮޑާއަށް އިކޮނޮމީ ފްލެކްސް 1628ރ ޕްރިމިއަމް އިކޮނޮމީ 2166ރ
މާލެއިން މާވާރުލު އަށް އިކޮނޮމީ ފްލެކްސް 1574ރ ޕްރިމިއަމް އިކޮނޮމީ 2111ރ