Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ވަގަށް އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕު އަތުލައިގަނެފި

މެލޭޝިޔާއިން ރާއްޖެއަށް އައި 3 ފަސިންޖަރެއްގެ ފަރާތުން 2000 އަށްވުރެ ގިނަ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި، މި ތަކެތި ފެނުނީ ފަސިންޖަރުންގެ ލަގެޖު އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބާން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ފުޅި ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ވަނީ ތަޙްޤީޤު ފަށައިފައެވެ. ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ތަކެތި އެތެރެކުރަން އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

ދިވެހިރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާވެފައެވެ.

މި ލިއުމާއި ގުޅޭ