ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ސަފީރު ކަމަށް ގީލާ އަލީ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޑެންމާކުގެ ސަފީރު ކަމަށް ގީލާ އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެ މަގާމަށް ގީލާ އައްޔަންކުރުމަށް ރުހުން ހޯދުމަށް އޭނާގެ ނަން ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
ތަޅުމުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވާފައެވެ. ގީލާއަށް ރުހުން ދިނުމަށް ގެ ކޮމިޓީއިން އެ މައްސަލަ ދިރާސާކުރުމަށްފަހު ވަނީ ފާސްކޮށްފައެވެ.