Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޝަހީދަށް މަޖިލީހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް, ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަހީދު މި މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 64 މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ހުށަހަޅާފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގައި ނަވާރަ ވަނަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޢަމަލުކޮށްފައިވާ ގޮތް ވަނީ ބަލާފައެވެ.
އަދި ސުޕްރީމް ކޯޓަށް ޝަހީދު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަންފުޅު ފޮނުވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިންކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ހުސައިން ޝަހީދަކީ ކްރިމިނަލް ކޯޓު، މެޖިސްޓްރޭޓު ކޯޓު އަދި ހައިކޯޓުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށް އެ ކޮމެޓިން ބުނީ ކޮމިޓީއަށް ފެންނަ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަމަށެވެ.

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް އެ ކޮމިޝަނުން ނިންމުމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ލިއުމާއި ގުޅޭ