Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ވީޑިއޯ މެދުވެރިކޮށް ރައީސްއާއި ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

"ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމަށް ސުވާލު ކުރުމަށް ބޭނުންވާނަމަ ޖެހޭނީ ސުވާލު ރެކޯޑު ކުރުމަށްފަހު ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާށެވެ. އަދި މި ޕޯޓަލް، https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ރައީސް ގެ ޖަވާބު ސިލްސިލާ ތެރެއިން ޖަވާބު ގެންދާނެ ކަމަށް ރައީސްއޮފީހުން ބުނެފައިވެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސް އާއި ސުވާލު ކުރެއްވުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ނުދެވޭތީ ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން މެދުކަނޑާލުމަށްފަހުގައެވެ.

މި ލިއުމާއި ގުޅޭ