Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

އަލަށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުނަށް އިސްކަންދޭ އުސޫލަށް އަމަލުކުރަން ފަށައިފި

އަލަށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުނަށް އިސްކަންދޭ، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކީ ޙައްޖުގެ ޚިދުމަތް ދިނުމާއި، ކޯޓާ ބެހުމާއި، އަދި ޙައްޖުގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ އުސޫލެވެ.
އައު އުސޫލުގެ ދަށުން، ދިވެހިންނަށް ޙައްޖުގެ ޚިދުމަތް ފޯރުކޮށްދޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންނެވެ. މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

މި އުސޫލުގައި ޙައްޖު ކިއު ކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ.

މި އުސޫލުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަން:

  • 1. އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނު
  • 2. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
  • 3. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން
  • 4. ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ 05 އަހަރު ވުމުންކަމަށް ކަނޑައެޅުން
އަދި 75 އަހަރުން މަތީގެ ފަރާތްތަކަށް ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދިއުމުގެ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބަޔާންކޮށްފައިވާއިރ ޙައްޖަށް ދިއުމަށް ފައިސާ ދެއްކުމުގައި އެއްފަހަރާ ނުވަތަ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ނިޒާމެއްވެސް މި އުސޫލުގެ ދަށުން ވަނީ ބަޔާންކޮށްފައެވެ.
މި ލިއުމާއި ގުޅޭ