Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

ގޮވާމުން ޒަކާތް ބަލައިގަންނަން ހޮނިހިރު ދުވަހު ފަށަނީ

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ހޮނިހިރު ދުވަހު ފަށާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާލާ ކަމަށެވެ. ގޮވާމުން ޒަކާތް ދެއްކޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 27 ވަނަ ދުވަސް ކަމަށް ވެސް ބުނެފައިވެއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:

- އާދައިގެ ހަނޑޫ

- ތައިލެންޑް ހަނޑޫ

- ބާސްމަތީ ހަނޑޫ

- ރަތް ހަނޑޫ

- ގޮދަން ފުށް

- އާޓާ ފުށް

މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައި ކަމަށާއި ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ވަންނަން ޖެހޭނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓުން ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު ޒަކާތް ބަލައިގަންނާނެއެވެ.

މި ލިއުމާއި ގުޅޭ