ދިވެހިރާއްޖޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ ތިން ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި 3 މީހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މީގެތެރެއިން 02 މީހަކު މިހާރު… pic.twitter.com/lB1j1Sh4gL
— Maldives Immigration (@ImmigrationMV) March 17, 2025
އެ އިދާރާއިން ބުނީ މީގެތެރެއިން ދެ މީހަކު މިހާރު ޑީޕޯޓުކޮށްފައިވާކަމަށާއި އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމަށް ނިސްބަތްވާ ދެމީހުންނާއި ސައުތްއީސްޓް އޭޝިއާގެ ގައުމެއްކަމަށްވާ ލާއޯސްއަށް ނިސްބަތްވާ މީހެކެވެ.