ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ 24 އަހަރުގެ ޒުވާނަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިޢުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ގ. ސީވޭވް/މާލެ އެޑްރެހުގައި ދިރިއުޅޭ މުޙައްމަދު ތިބްޔާން ޝަހީންއެވެ. އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ މަޢުލޫމާތު ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި މައްސަލައިގައިވެސް ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން އުންމީދުކުރާކަމަށް ފުލުހުންގެ އިޢުލާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.