މި މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްއެމްއޭގެ ބޯޑު މެންބަރުންނާއި ގަވަރުނަރުގެ ސިސްޓަމް އެކްސެސް ވަނީ ވަގުތީގޮތުން ކަނޑާލާފައެވެ. ނަމަވެސް އެމްއެމްއޭގެ މުވައްޒަފުންގެ ސިސްޓަމް އެކްސެސް ކަނޑާފައެއް ނުވެއެވެ. އެމްއެމްއޭގެ އިސް އޮފިޝަލަކު "ދިޔަރެސް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މުވައްޒަފުންގެ ސިސްޓަމް އެކްސެސް ކަނޑާލާފައިވާކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ.
އެމްއެމްއޭގެ އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްވެސް ދައުރެއް ނެތެވެ. އަދި މިއީ އެމްއެމްއޭގެ އިންޓަރނަލް ތަހުގީގެއްގެ ގޮތުގައި ކުރިއަށްދާ މައްސަލައެކެވެ.