Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ޑެޕިއުޓީ ގަވަރުނަރު އިމާދު، މަގާމުން އިސްތިއުފާ ދެއްވައިފި

މަރުކަޒ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އޭނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އެ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފެންނަ ކަމަށް ބަޔާންކޮށް އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

މީޑީއާތަކާ ހިއްސާކުރެއްވި ބަޔާނެއްގައި އިމާދު ވިދާޅުވީ އިސްތިއުފާ ދެއްވަނީ، މިފަހުން މަރުކަޒީ ބޭންކުން ނިންމާފައިވާ ނިންމުންތަކަކީ އޭ ނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަގުސަދުތަކާއި އެގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ ކަމަށެވެ. އަދި އިތުރަށް ފައިސާ ޗާޕް ކުރުމުން ސީރިއަސް މެކްރޯ އިކޮނޮމިކް އަސަރުތަކެއް މެދުވެރިވާނެ ކަން ފާހަގަކުރައްވައި އޭނާ ވަނީ އެގޮތުން 14 ބިލިއަން ރުފިޔާ ޗާޕް ކުރުމާ މެދު ވެސް ކަންބޮޑުުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމާދު މަގާމުން ވަކި ކުރުމުގެނމަސައްކަތް ފަށާކަން ތަޅުމުގައި އިއުލާންކުރަން އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވައި ރިޔާސަތުން ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަން އިއުލާން ކުރައްވާފައެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ގަވަރުނަރު ކަމުން ވަކިކުރުމަށް ވެސް މީގެކުރިން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަލީ ހާޝިމް މަގާމުން ދުރުކުރަން މެންބަރުން ދެއްކެވި އެއްސަބަބަކީ ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު އަލީ ހާޝިމް ބާރުއެޅުއްވުމެވެ. އެހެންވެ އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުނު ކަމަށް ބައެއް މެންބަރުން އޭރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ