Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ވަޅި އަކާއެކު ހައްޔަރު ކުރުމުން، ބުނީ އޮޅިގެން ޖީބަށް ލެވުނީ ކަމަށް

ވަޅިއަކާއެކު ހައްޔަރު ކުރުމުން އެއީ އޮޅިގެން ޖީބަށް ލެވުނު ވަޅިއެއް ކަމަށް ބުނި މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ ރިޟްވާން މަންޟޫރު، މއ.އަމީލީހިޔާ (40އ) އެވެ. އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޮށްފައިވާ އަމުރުން އެނގޭގޮތުގައި ރިޟްވާން ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަށެވެ. އަދި ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ކެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ.

ފުލުހުން ރިޟްވާނު ހުއްޓުވާފައިވަނީ މާލެ ތެރޭގައި މާރާމާރީއެއް ހިންގުމަށް ވެހިކަލްގައި ދުއްވާކަމަށް މައުލޫމާތު ލިބިގެން ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ނުރައްކާތެރިކޮށް ދުއްވަމުން އަންނަތަން ފެނިގެންކަމަށެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންނަށް ވަޅިއެއް ފެނިފައިވެއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ރިޟްވާނުގެ ޖީބުން ވަޅިއެއް ފެނުމުން ބުނެފައިވަނީ "އެއީ އޭނޭގެ ވަޅިއެއް ކަމަށާއި ގޭގައި ހުއްޓާ ރަހުމަތްތެރިއަކު ގުޅައި ކުއްލިއަކަށް ކޮފީއަކަށް އަންނަން ބުނުމުން ހަނދާންނެތިގެން ވަޅި ޖީބުގައި އޮވެ ބޭރަށް ދެވުނީ ކަމަށެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން ބަލައި ފާސްކުރިއިރު ޖީބުގައި ވަޅިއެއް އޮއްވާ ފެނުމުން ހައްޔަރުކޮށް ހަތް ދުވަހުގެ ބަންދު އަމުރެއް ކޯޓުން ނެރެފައިވާއިރު ރިޟްވާނުގެ މިބާވަތުގެ ރެކޯޑު ހުރި ކަން ފުލުހުން ފާހަގަކޮށްފައިވާ ކަން ވެސް ބަންދު އަމުރުން އެނގެއެވެ.

މި ލިއުމާއި ގުޅޭ