Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސްއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މިއަދު އަތުލައިގަތް އެ ތަކެތީގެ ބަރުދަނުގައި 1097 ގުރާމް ހުރިކަމަށް ކަސްޓަމްއިން ބުނެފައިވެއެވެ.

އެ އިދާރާއިން ބުނިގޮތުގައި މި ތަކެތީގެ މަގުމަތީ އަގަކީ 877,600 ދިވެހި ރުފިޔާއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރެވުނު ކަމެއް ނުވަތަ ނޫންކަމެއް ހާމަކޮށްފައެއްނުވެއެވެ.

މި ލިއުމާއި ގުޅޭ