މެޓް އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހެނދުނު 11:00 ގައި ފިނި ހޫނުމިން އިހްސާސްކުރެވޭ މިންވަރު އެންމެ މަތީ ހުޅުލެއަށެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާގޮތުން ހުޅުލޭގެ ފިނިހޫނު މިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގައެވެ.
ދެން އެންމެ ހޫނީ ހަނިމާދޫއަށެވެ. އެގޮތުން ހަނިމާދޫގެ ފިނިހޫނު މިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައެވެ.
މީގެއިތުރުން ގދ. ކާޑެއްދޫގެ ފިނިހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.6 ޑިގްރީ ސެލްސިއަސްގައެވެ.
މިއަދުގެ އިހުސާސް ކުރެވޭ ފިނި ހޫނުމިން އެންމެ ދަށީ އައްޑޫ ސިޓީ ގަން ހިމެނޭ ސަރަހައްދާއި ލ. ކައްދޫ ހިމެނޭ ސަރަހައްދަށެވެ. އެގޮތުން އެ ދެރަށުގެ ފިނިހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައެވެ.