ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ ސ. ހުޅުދޫ / އިރަމާގެ، ޙުސައިން ޒައިދާން ޢަލީ (24އ) އެވެ.
ފުލުހުން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ 2025 މާރިޗު 16 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޙުސައިން ޒައިދާން ޢަލީއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދޭކަމަށެވެ.