Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަގިރި

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ބޯޓެއް ފައްތާލައިފި

ގ. ކުޑަގިރި ފަޅުގައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރުމަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާބޯޓު ފައްތައިފިއެވެ.

މި މަޝްރޫއު އަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.

މި ދެ މަތިންބޯޓު ފައްތާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މަތިންދާބޯޓުތައް މޫދަށް ފައްތާ ތަން ފެންނަނީ، އޭގައި ބަރު ހަރުކޮށްގެން، މޫދުގައި އެ އެއްޗެހި ހަރުލާފައި ހުންނަ ގޮތް ހަދައިގެންނެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީ، އެމްއެމްޕީއާރުސީގެ އިތުރުން އެމްޓީސީސީ ގެ ވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ކުޑަގިރި ފަޅަށް ފައްތާފައިވަނީ އެއަރ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، 2 އެއަރ ކްރާފްޓް އެވެ. ޑައިވް ރެކެއް ގާއިމް ކުރުމަށް އެރަށުގެ ފަޅަށް ފައްތާފައިވާއިރު އެ ޑައިވްރެކް އަށް ކިޔަނީ "ކުޑަގިރި ދޫނިއާ ރެކް" އެވެ.

އޭވިއޭޝަން ތާރީހާއި ތިން ކުންފުނީގެ ގާތް ގުޅުން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑައިވް ރެކްއަށް "ކުޑަގިރި ދޫނިއާ ރެކް" ކިޔާފައިވަނީ ތާރީޚީގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދެއް ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވުމާއެކު، އެދެ އެއަރކްރާފްޓަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ ފެށުންކަމުގައިވާތީ އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށްފައިކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ކުޑަ ގިރި އަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ހާއްސަކޮށް ތަރައްގީކޮށްފައިވާ ރަށެކެވެ. މި ރަށް ތަރައްގީކޮށް ހުޅުވާފައިވަނީ ކުރީ ސަރުކާރުގައެވެ.

މި ލިއުމާއި ގުޅޭ