Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަން އިން ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފަށަނީ

ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، ހދ. ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ މެއި މަހުގެ 15 އިން ކަމަށެވެ.

ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގައި ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ބާއްވާނެ ކަމަށާއި މި ދަތުރުތަކަށް ޓިކެޓު ބުކުކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. އަދި ޓިކެޓް ގަނެވޭނީ މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ބުނީ މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު އެ އެއާލައިންގެ ވެބްސައިޓް އަދި ޓިކެޓިން އޮފީސްތަކަށް ގުޅުމުން ލިބޭނެކަމަށެވެ.

މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ހަނިމާދޫއިން އިންޑިޔާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރިއަށް ގެންދަމުންނެވެ. ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށާފައިވަނީ 2013 ގައެވެ.

މި ލިއުމާއި ގުޅޭ