Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މިސްކިތްތައް އިމާރާތްކުރުން ހިމެނޭގޮތަށް 15 މަޝްރޫއެއްގައި މާދަމާ ސޮއިކުރަނީ

އިސްލާމީ ދާއިރާގެ 15 މުހިންމު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުންފުނިތަކާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ދެ ޤުރުއާން މަރުކަޒަކާއި، އެއް އިސްލާމީ މަރުކަޒަކާއި، 12 މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއުތަކެވެ. މީގެ ތެރޭގައި ލ. މައިބަދޫ އަދި ޅ. އޮޅުވެލިފުށީގައި ޤުރުއާން މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫއު ހިމެނެއެވެ.
މިސްކިތްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ށ. ނޫމަރާ، ހދ. ނެއްލައިދޫ، ތ. ހިރިލަންދޫ، ރ. އިނގުރައިދޫ، ސ. ފޭދޫ، ބ. ކުޑަރިކިލު، ނ. ހެނބަދޫ، ހއ. އުތީމު، ތ. ވޭމަންޑޫ، ބ. މާޅޮސް، އއ. ފެރިދޫ އަދި ހއ. ބާރަށް ހިމެނެއެވެ. އަދި ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެވަޑައިގެންފައިވާ ގިނަ ކަންކަން މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޚަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ