Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރޫޒް ލައިނާ

1،000 އަކަށް ވުރެ ގިނަ މީހުންނާއެކު އަހަރުގެ ހަވަނަ ކްރޫޒް ލައިނާ ރާއްޖެއަށް

ހާހަކަށް ވުރެ ގިނަ މީހުންނާއެކު މި އަަހަރުގެ ހަވަނަ ކްރޫޒް ލައިނާ ރާއްޖެ އައިސްފިއެވެ.

އެމްއެސް ވައިކިން ސްކައި ނަމަކަށް ކިޔާ މި ކްރޫޒް ލައިނާ ލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެ އައިސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ކްރޫޒް ލައިނާއިން ރާއްޖެ އައި 765 ފަސެންޖަރުންނާއި، 469 ފަޅުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފައިވާ ކަމަށެވެ. އެއީ 1,234 މީހުންނެވެ.

މި ކްރޫޒްއިން ރާއްޖެ އައި މީހުންނަށް އެން ރޫޓް ކްލިއަރެންސް ދިނުމުގައި އިމިގްރޭޝަންގެ ސީޕޯޓު ޑިވިޝަން އޮފިސަރުން ވަނީ ހަރަކާތްތެރި ވެފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު ސީޝެލްސްއިން ރާއްޖެ އައި "އެމްއެސް އިންސިގްނިއާ" ނަމަކަށް ކިޔާ ލައިނާގެ 576 ފަސިންޖަރުންނާއި 406 ކުރޫ މެމްބަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފައިވެއެވެ.

މީގެއިތުރުން, މި މަހުގެ 7 ވަނަ ދުވަހު ލަންކާއިން އައި އިތުރު ކްރޫޒު ލައިނާއަކުން 1,274 ފަސިންޖަރުންނާއި 751 ކުރޫ މެމްބަރުންނަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވެއެވެ.

ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް އިމިގްރޭޝަނުން ކްލިއަރެންސްގެ ޚިދުމަތް ދެއެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ރާއްޖެއަށް ކްރޫޒް ލައިނާ އަންނަނީ ހޫނު މޫސުމުން ފެށުމުންނާއި, އާ އަހަރު އަދި ފެސްޓިވް ސީޒަންތަކާ ދިމާކޮށެވެ.

މާޝަލް އައިލެންޑްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވެއެރާ" އާއި ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ނޯވިއަން ސްކައި" އަދި ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ކްރިސްޓަލް ސިންފަނީ" އިން ގިނަ އަދަދެއްގެ ފަތުރުވެރިން މި އަހަރު ރާއްޖެ އައިސްފައިވެއެވެ.

މި ލިއުމާއި ގުޅޭ