ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމުގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް އައްޔަން ކުރައްވައިފިއެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަނަސް އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.
ޕީސީބީ އުފައްދާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުންނެވެ,
އަނަސް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މި މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރައްވާފައި ވާތީއެވެ. އޭނާ މަގާމުން ވަކި ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ނައިބުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.
ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ލިބިގެންވާ މުހިންމު އިދާރާއެކެވެ.