Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ

އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯލް ކްލަބާއެކު މުހިންމު ޕާޓްނަރޝިޕެއް ގާއިމުކޮށް، ދިވެހިރާއްޖެ އެ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މި އަހަރު ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އިތުރުވެ، 100 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެކަމަށް ލަފާކުރެވެއެވެ.
އެގޮތުން ލިވަޕޫލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޮވަރުންނާއި، 211 މިލިއަނަށްވުރެ ގިނަ ޓީވީ އޯޑިއަންސް ހިމެނޭކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ ފެންނަން ހުންނާނެކަމަށާއި ޔޫރަޕްގެ އެކި ހިސާބުތަކުގައި ބިލްބޯޑުތަކުން ރާއްޖެ ޕްރޮމޯޓްކުރާނެކަމަށްވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
އަދި ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ތަރައްގީކުރުން ހިމެނޭކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ މި ޕާޓްނަރޝިޕްގެ ސަބަބުން އަހަރަކު 17 މިލިއަން ޑޮލަރަށްވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެކަމަށް ލަފާކުރެވޭކަމަށާއި ރާއްޖެއަކީ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކުރެވިގެންދާނެކަމަށެވެ.

"މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންކުރިއަށްދާ ކެންޕޭނެކެވެ." އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުންކަމަށެވެ.
މި ލިއުމާއި ގުޅޭ