Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން މަޢުލޫމާތު ދިން ގޮތުގައި ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ތިން ބާވަތެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

އެ އިދާރާއިން ހާމަކުރިގޮތުގައި އެއީ 2138 ގްރާމުގެ މެތަމްފެޓަމިންއާއި 1086 ގްރާމުގެ ކެޓަމިން އަދި 310 ގްރާމުގެ ހެރޮއިންއެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯގްރާމަށް އަރާއިރު މަގުމަތީ އަގަކީ 6.7 މިލިއަން ދިވެހި ރުފިޔާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރެވުނު ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މި ލިއުމާއި ގުޅޭ