Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

ކޮލެޖު ޔުނިވަރސިޓީތަކުގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިޔަށްދާނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރ އިންޑޯ ހޯލުގައެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޜަންގެ މުބާރާތްތައް ކުރިޔަށްގެންދާއިރު މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮލެޖް އަދި ޔުނިވަރސިޓީތަކަށްކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބައިވެރިވުމަށް ފޯމު ހުށަހަޅަންވާ ޖެހޭނެއެވެ. ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.
މި ލިއުމާއި ގުޅޭ