ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ފަށައިފި ފަށައިފިއެވެ.
މި ފެސްޓިވަލް އަކީ އުރިދޫ ނޭޝަން އާއި ޔޫތް އެމްޕަވަމެންޓް، އިންޕޮމޭޝަން އެންޑް އާޓް މިނިސްޓްރީ އިން ގުޅިގެން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
އުރީދޫ އިން ބުނީ ޔޫތު ތާޑް ސްޕޭސް ގައި ކުރިއަށް ގެންދާ މި ފެސްޓިވަލްގެ
ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެންއަށް ވާދަކުރެވޭނެ ކަމަށާއި 30،000ރ. ގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރާނެ ކަމަށެވެ.
މި ފެސްޓިވަލް އަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި އެކުވެރިކަމާއި ވާދަވެރިކަމާ އެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލްއެއް ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ މި ފެސްޓިވަލްގެ މަގުސަދަކީ މަގްސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުރުން ކަމަށެވެ.
މި ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނަކާއި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން ގެ އިތުރުން ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭ ގޮތަށް ރާވާފައިވެއެވެ.