Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ދަމުނަމާދާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

މި ރަމަޟާން މަހު މާލެ ސިޓީގައި ދަމުނަމާދާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން އާންމުކޮށްފިއެވެ.

އެގޮތުން މާލޭގައި 21 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު 15 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވެއެވެ.

މާލޭގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)

-މަސްޖިދުލްމަލިކި ސަލްމާން

- މަސްޖިދުލްސުލްޠާން މުހައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)

- މަސްޖިދުލްފުރްޤާން

- މަސްޖިދުއްނޫރު

- މަސްޖިދުއްޝަހީދު ޢަލީ

- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)

- މަސްޖިދުއްސުލްޠާން މުހައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)

- މަސްޖިދު ޝަހީދު ޢަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއްސުލްސުލްޠާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)

- މަސްޖިދު ޞަލާހުއްދީން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު އިބްރާހިމް

- މަސްޖިދު އިސްކަންދަރު

- ވަގުތީ މިސްކިތް (ބޮޑުގެ)

- މަސްޖިދުއްސުލްޠާން މުހައްމަދު ޢިމާދުއްދީން (ރަންމިސްކިތް)

- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

- މަސްޖިދު އަލީ ހުސައިން (މާވެޔޮ މިސްކިތް)

- މަސްޖިދު ޢަފީފުއްދީން

- މާފަންނު އާމިސްކިތް

- މަސްކިދުއްޛިކްރާ

ވިލިމާލޭގެ ތިން މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އެ މިސްކިތްތަކަކީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް ގެ އިތުރުން މަސްޖިދުލްއިޚްލާސް. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހަ މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަތަރު މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭގައި 15 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވެއެވެ. ވިލިމާލޭގައި މަސްޖިދުލްބިއްރި ގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:

- މަސްޖިދުއްޝައިޚް ޤާސިމް ބިން މުހައްމަދު އަލްޘާނީ (ވައްގުއްބު މިސްކިތް)

- މަސްޖިދު ރަޝީދު

- މަސްޖިދު ޢަޒީޒާ މޫސާ

- މަސްޖިދުލްއަޞްދިޤާ

- މަސްޖިދު މުޙައްމަދު

ދެވަނަ ފިޔަވަހީގައި އިއުތިކާފަށް ތިބުމަށް ހެމެޖެހިފައިވާ މިސްކިތްތައް:

- މަސްޖިދު ޙަސަން ޢާދަމް

- މަސްޖިދު އަމީލް ޖަލީލް

މި ލިއުމާއި ގުޅޭ