Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަތޮޅުތެރޭގެ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި ގާއިމްކުރަނީ

މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ދަމަނަވެށި ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީގައި ކަމަށާއި، މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ކަމަށެވެ.
ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް އެވެ. ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮޅު އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ މާލެއިން ބޭރުން އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެށިއެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މިތަނުން ދޭ ޚިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބޮޑުވުމުގެ މައުލޫމާތު އެއްކުރުމާއިި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކި އެކި ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމް ތައްވެސް ހިންގާނެއެވެ.
މި ލިއުމާއި ގުޅޭ