Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ޕީއެންސީ ނަމުގައި ދައުރުވާ ފޭކް މެސެޖްތަކަށް ސަމާލުވާން އެދިއްޖެ

ޕީއެންސީ ނަމުގައި ފޭކް މެސެޖްތަކެއް ދައުރުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން އެދޭކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީގެ ނަމުގައި އެކިއެކި ފަރާތްތަކަށް "ޕާޓީގެ ބޭނުމަށް މައުލޫމާތުތަކެއް ހޯދުމަށް" ކަމަށް ބުނެ، މެސެޖްތަކެއް ދައުރު ކުރަމުންދާކަން ސަމާލުކަމަށް އެކިއެކިފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.

ޕީއެންސީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ފާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ފާޓީގެ މައި އިދާރާއިން ނުވަތަ ފާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން، ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ފާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ކަމަށާއި އަދި މިގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ފާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދުމަށް ގާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށް ވެސް ޕީއެންސީން ބުނެފައި ވެއެވެ.

މިހާތަނަށް ފާހަގަކުރެވިފައިވާ މި ބާވަތުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ފާޓީގެ މެންބަރުންނަށް އަރުވާކަމަށް ވެސް ޕީއެންސީން ބުނެއެވެ.

"ސިޔާސީ ބޭނުމަކަށް މި ފާޓީގެ ނަމުގައި ސައްހަނޫން މެސެޖްތައް ފޮނުވުން ފަދަ ދަރުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާހާލު، އެފަދަ އަމަލުތައް ކުރާފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެދެނީ ފިފަދަ ސައްހަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ފާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގެވެމަށް ކަމަށް ޕީއެންސީން ބުންޏެވެ.

މި ލިއުމާއި ގުޅޭ