Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދުންފަތުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ސްކޫލްތަކުގެ އިސްވެރިންނަށް ވޯކްޝޮޕެއް

ދުންފަތާއި ނިކޮޓީންގެ ނުރައްކާތެރިކަމަށް ސްކޫލްތަކުގެ އިސްވެރިން ހޭލުންތެރިކުރުވުމަށް ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މައިގަނޑު ސެޝަންތައް ނަންގަވައިދެއްވީ ޔުނިވަރސިޓީ އޮފް މަލާޔާގެ ކްރިސްޓީނާ ޗިން އަދި ޕްރޮފެސަރ ޑރ. އޭން ޔީ އެވެ. މި ވޯކްޝޮޕަކީ ދުންފަތާއި ނިކޮޓީންގެ ނުރައްކަލުން ސަލާމަތްވެފައިވާ ތައުލީމީ ވެއްޓެއް ގާއިމްކުރުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމުގައި މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދުންފަތުން އެއްކިބާވެފައިވާ މާޙައުލަކަށް ވަކާލާތުކުރުމާއި، ދަރިވަރުންނަށް ޞިއްޙަތަށް ފައިދާހުރި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ. މި ވޯކްޝޮޕްގައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ބައިވެރިންނަށް މުހިންމު މުވާޞަލާތީ އަދި ވަކާލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީ، ދުންފަތާއި ނިކޯޓިން އުފެއްދުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އުނގަންނައިދެ އެވެ. އަދި އިންޓަވެންޝަން ދިނުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށް، ޒުވާނުންގެ މެދުގައި ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލީގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް ތައާރަފްކޮށްދީފައި ވެއެވެ.

މި ލިއުމާއި ގުޅޭ