Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަނުން އިތުުރު ކޮށްފިއެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން މިިދިޔަ ހޯމަ ދުވަހު ހުޅުވާލާފައިވާއިރު, އެ މުއްދަތު އިއްޔެގެ 11:00 އަށް ވަނީ ހަމަވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

ޖޭއެސްސީން ރޭ ކުރި އިއުލާނެއްގައި އެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ވަނީ އިތުރުކޮށްފައެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރުވެފައި ވުމާއި, އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

އަދި ފަނޑިޔާރު ނުވަތަ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުމާއި, ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ.

ފަނޑިޔާރުކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 ފަނޑިޔާރުންގެ މައްޗަށެވެ.

އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ދާދިފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައި ވާއިރު, ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ތިއްބެވީ ސަސްޕެންޝަނުގައެވެ.

ދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިންގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.

މި ލިއުމާއި ގުޅޭ