Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

މެދުރާއްޖެތެރެ އާއި އުތުރަށް މިރޭ ވިއްސާރަ ކުރާނެ: މެޓް

މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މާދަމާ ހެނދުނު 6:00 އަށް މޫސުން ލަފާކޮށް މެޓުން ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ އިންޒާރު ދެއްވާފައެވެ.
މެޓުން ދެއްވި މައުލޫމާތުގައި، މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކޮށްފައި ވީ ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ވިއްސާރައާއި ގުޅިގެން މެދުރާއްޖެތެރެއާއި އުތުރުގެ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިރޭ 23:00 އާއި ހަމައަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.

މި ލިއުމާއި ގުޅޭ