Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

އެމެރިކާ އާއި ޔުކްރެއިން، ރަޝިއާއާއެކު ސުލްހައިގެ މަޝްވަރާ ސައުދީގައި ފަށައިފި

އެމެރިކާ އާއި ޔުކްރެއިންގެ ވަފުދުތަކުން ރަޝިއާއާއެކު ސުލްހަވެރިކަމުގެ މަގެއް ހޯދުމަށް ސައުދީ އަރަބިއާގެ ޖިއްދާ ސިޓީގައި މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.

ސައުދީ ޓެލެވިޜަން ޗެނަލް އަލް އަރަބިއްޔާއިން ބުނާ ގޮތުގައި މި މަޝްވަރާތަކުގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާއި ޔުކްރެއިންގެ ފޮރިން މިނިސްޓަރ އަންދްރީ ސިބިހާ ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ސައުދީ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން ވެސް މި މަޝްވަރާތަކުގައި ހާޒިރުވެ ވަޑައިގަންނަވައެވެ.

މި މަޝްވަރާތަކުގައި ޔުކްރެއިނުން ރަޝިއާއާއެކު އަލުން ގުޅުން ރަނގަޅުކުރުމަށް ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް ޔޫކްރޭނުން ވަނީ ހުށަހަޅާފައެވެ. މިއީ އެމެރިކާގެ އެހީތެރިކަން އަލުން ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ބެލެވެއެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ ފާއިތުވި ހަފްތާތަކުގައި އެމެރިކާ އާއި ޔުކްރެއިންގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން ރަނގަޅުކުރުމެވެ. މީގެ ތެރޭގައި ފާއިތުވި މަހު ވައިޓް ހައުސްގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ހިނގި ޚިޔާލު ތަފާތުވުން ވެސް ހިމެނެއެވެ.
އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޔުކްރެއިނުން ސުލްހައަށް މަސައްކަތް ކުރާނެ ކަމަށް އެމެރިކާއިން އުންމީދުކުރާ ކަމަށެވެ. އަދި މި މަޝްވަރާތަކުން ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޯމަ ދުވަހު ޒެލެންސްކީ ވިދާޅުވެފައިވަނީ ހަނގުރާމަ ފެށުނީއްސުރެ ޔުކްރެއިނުން ސުލްހައަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހަނގުރާމަ ދެމިގެންދާ ހަމައެކަނި ސަބަބަކީ ރަޝިއާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 ގައި ރަޝިއާއިން ޔުކްރެއިނަށް ހަނގުރާމަ އިއުލާނުކޮށް، ސުލްހަ ވެރިކަމުގެ ޝަރުތެއްގެ ގޮތުގައި ރަޝިއާއިން ބުނަނީ ޔުކްރެއިނުން ނޭޓޯ އާއި ގުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއީ ޔޫކްރެއިންގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ޔޫކްރެއިނުން ދެކެއެވެ.

މި ލިއުމާއި ގުޅޭ