ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ސިވިލް ސާވީސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް ވަނީ ފާސްކޮށްފައެވެ.
ނަމަވެސް އޭނާ ވަކިކުރުމުގެ މަަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާ ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.
އިބްރާހީމް ރަޝީދު އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 3 ސެޕްޓެމްބަރު 2020 ގައެވެ.