ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަނީ މުހައްމަދު ހަމްދާން، ވައިޓްރޯސް/ކ.ތުލުސްދޫ (39އ) ކަމަށާއި އޭނާ ހޯދަނީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.
ހަމްދާން ހޯދުމަށް އިއުލާނުކޮށްފައިވަނީ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް މި މިމަހުގެ 18 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ވެސް ފުލުހުން އަންގާފައިވެއެވެ.