Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

އެމްޑީޕީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މި މަހު ދައްކައިފިއެވެ.

އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ އޭރު ބަޖެޓު ވަރަށް ބޮޑަށް ތާށިވެ، މެނޭޖުކުރަން ދަތިވުމުންކަމަށް ބުނެއެވެ. މި ލޯނު ނަގާފައިވަނީ 7.15 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި ރޭޓުން ބަލާއިރު، ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކުގައެވެ.

ސަރުކާރުގެ އިސް އޮފިޝަލެއް ދިޔަރެސް އަށް ކަށަވަރުކޮށްދިން ގޮތުގައި، ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އަދާކުރަންޖެހޭ ޒިންމާ މި މަހުވެސް އަދާކޮށްފައިވެއެވެ. "އެއީ އާންމު އުސޫލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކަށް ވާތީ މި މަހު ވެސް އެ ޒިންމާ އަދާކޮށްފައި ވާނީ. މިހާތަނަށް އެއްވެސް ޑެޓެއް ޑިފޯލްޓް ވެފައެއް ނެތް،" އެ އޮފިޝަލް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން އެހެން ލޯނުތަކެއްވެސް ސަރުކާރުން ނަގާފައިވެއެވެ. މީގެ ތެރޭގައި ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި، ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނު ހިމެނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 179 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 63 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގައެވެ

މި ލިއުމާއި ގުޅޭ