Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ މި ކޮޅިގަނޑު އަންނަނީ މަޑުމަޑުން ހުޅަނގަށް ދަތުރުކުރަމުން ކަމަށާއި، އޭގެ ސަބަބުން އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެހެން ކަމުން އާންމުކޮށް ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް އުތުރާއި މެދުރާއްޖޭތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބުރާސްފަތި ދުވަހު ވެސް ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ.

މި ކޮޅިގަނޑުގެ އަސަރު ދެކުނުގެ ސަރަހައްދުތަކަށް މާބޮޑަށް ނުކުރި ނަމަވެސް، މާދަމާ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މި ލިއުމާއި ގުޅޭ