Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އައު ޓާމިނަލާ އެކު ޓްރެފިކަށް އަންނާނެ ބަދަލުތަކާމެދު މަޝްވަރާކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މި ބައްދަލުވުމުގައި، އައު ޓާމިނަލް ހުޅުވުމާއެކު ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އުޅަނދުތައް ޕާކުކުރުމަށް އެމްއޭސީއެލްއިން ހަމަޖައްސާނެ ސަރަޙައްދުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އެއަރޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެ ބަދަލުތަކަކީ އައު ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއާޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެކެވެ.

މި ބަދަލުތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އޮކްޓޯބަރގެ ކުރިން އާޓާމިނަލް ހުޅުވުމެވެ.

މި ލިއުމާއި ގުޅޭ