Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ނިއުޔޯކްގައި އޮންނަ ފެއާއެއްގައި ބައިވެރިވާން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

ނިއުޔޯރކް އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އެންޑް ޗެމްބަރ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސެޕްޓެމްބަރ މަހުގެ 26-27 ގައި ނިއުޔޯރކްގެ މެރިއޮޓް މާރކިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހަތަރު ވަނަ ނިއުޔޯރކް އިންޓަރނޭޝަނަލް ޓްރޭޑް ފެއަރ އެންޑް ޗެމްބަރ އެކްސްޕޯ ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.

މި އެކްސްޕޯގެ މަޤްސަދަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ މަތީ ފެންވަރުގެ ވަފުދުތަކާއި، ވިޔަފާރީގެ އިސްވެރިންނާއި، ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މަޢުލޫމާތުތައް ހިއްޞާކުރުމާއި، ވިޔަފާރީގެ ފުރުޞަތުތައް ލިއްބައިދިނުން ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަދި އިންވެސްޓަރުންނާއި، ވިޔަފާރީގެ ބައިވެރިންނާއެކު ބީ2ބީ ބައްދަލުވުންތަކާއި ނެޓްވޯކިންގ ސެޝަންތައް ކުރިޔަށް ގެންގޮސް، ބްލޫ އިކޮނޮމީއިން ދެމެހެއްޓެނިވި ކުރިއެރުންތައް ހޯދައި، އިންވެސްޓްމެންޓްތައް ޤާއިމްކުރުމުމަށް މަގުފަހިކޮށް ދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި އެކްސްޕޯ އާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ބްރައުޝަރ އާއި ބޫތު ކުއްޔަށް ދޫކުރުމަށް އެދޭ ފޯރމާއި މައުލޫމާތު ކަރުދާސް މިނިސްޓްރީން ވަނީ ގެޒެޓް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ