Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަނުން ޖަރުމަނަށް ސީދާ ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަނުން ޖަރުމަނަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިކަން އެ އެއާލައިނުން އިއުލާނުކޮށްފައި ވަނީ އައިޓީބީ ބާލިން 2025 ގައި 'ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން' ގެ ނަމުގައި ކުރިއަށްގެންދިޔަ ސެމިނާ އެއްގައެވެ.

މި ސެމިނާގައި ރާއްޖެއާއި ޖަރުމަނާއި ދޭތެރޭ ސީދާ ދަތުރުތައް ފަށާކަން އިއުލާނުކޮށްފައިވާއިރު މި ކަމާއި ގުޅިގެން މޯލްޑިވިއަނުން ބުނީ މި ދަތުރުތައް މިއަހަރުގައި ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ދަތުރުތުތައް ސީދާ ފެށޭނެ ތާރީހެއް ބުނެދެވެން ނެތް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް އިތުރު ފަތުރުވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ދަތުރުކުރުމަށް އޮތް ޑިމާންޑު އިތުރުވެ ރާއްޖެއާއި ޖަރުމަނުވިލާތާއި ދެމެދު އޮންނަ ސަގާފީ އަދި އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓްރީ ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ޖަރުމަނު ހިމެނެއެވެ. ޖަރުމަނު ހިމެނެނީ މި ލިސްޓުގެ ފަސްވަނައިގައެވެ. ޖަރުމަނުން އަހަރުގެ މިހާތަނަށް 31389 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ