Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ބާޣީންގެ ހިފާފައިވާ ގިނަ ސަރަހައްދުތަކެއް ސީރިއާގެ ސަރުކާރުން އަނބުރާ ހޯދައިފި

ކުރީގެ ރައީސް ބަޝާރް އަލް-އަސަދުގެ ވަފާތެރިންގެ ބާރުގެދަށުގައި ހުރި ގިނަ ސަރަހައްދުތަކެއް ސީރިއާގެ ދިފާއީ މިނިސްޓްރީއާއި ޖެނެރަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ހޮނިހިރު ދުވަހު އަނބުރާ ހޯދައިފިއެވެ.

އެ ސަރަހައްދުތަކުގައި ހިންގާފައިވާ ހަމަނުޖެހުންތަކާއި ކުށްކުރުމުގެ ޢަމަލުތަކަށް ނިމުމެއް ގެނައުމަށް ސަލާމަތީ ބާރުތަކުން ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ސީރިއާގެ ރަސްމީ ނޫސް އޭޖެންސީ ސާނާގައި ބުނެފައިވެއެވެ.

ޖަބްލޭ ސިޓީއާއި ލަޓާކިއާގެ ސަރަހައްދުތަކުން ވަގަށްނަގާފައިވާ 200 އަށްވުރެ ގިނަ އުޅަނދުފަހަރު އަތުލައިގަނެވިފައިވާކަމަށް ޖެނެރަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ބުނެފައިވެއެވެ. އަދި "ގިނަ އަދަދެއްގެ ފޭރޭމީހުން" ވެސް ހައްޔަރު ކުރެވިފައިވެއެވެ.

ހަފްތާގެ ތެރޭގައި، ކުރީގެ ރައީސް ބައްޝާރުގެ ވަފާތެރިންގެ ފަރާތުން ލަޓާކިއާގެ ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމާ ގުޅިގެން، ސީރިއާ ސަރުކާރުގެ ބާރުތަކާއި މި ވަފާތެރިންނާ ދެމެދު ހަނގުރާމައެއް ފެށުނެވެ.

ލަޓާކިއާ އަދި ޓާޓަސްގެ ރަށްވެހި ސަރަހައްދުތަކުގައި ހުރި 6 ހޮސްޕިޓަލެއްގެ ކައިރީގައި ސަރުކާރު ސިފައިންނާ ވަފާތެރިންނާ ހަމަލާ ބަދަލުކުރުމުގެ ސަބަބުން، ބައެއް މީހުން މަރުވެ، އަނިޔާ ލިބި، އަދި ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ބަޝާރް އަލް-އަސަދަކީ 25 އަހަރު ވަންދެން ސީރިއާގެ ވެރިކަން ކުރި ފަރާތެވެ. 2024 ޑިސެމްބަރު 8 ގައި އޭނާ ރަޝިޔާއަށް ފިލައިގެން ދިޔުމާއެކު، 1963 އިން ފެށިގެން ވެރިކަން ކުރަމުން އައި ބައަތު ޕާޓީގެ ވެރިކަން ނިމުމަކަށް އައެވެ.

އަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި އަޙްމަދް އަލް-ޝަރާނީ 2025 ޖެނުއަރީ 29 ގައި ވަގުތީ ގޮތުން ސީރިއާގެ ރައީސްކަމުގެ މަޤާމާ ހަވާލުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ