Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

14 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މިދިޔަ މަހު ހުޅުމާލޭގައި ހުރި ގެއަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 23 އަހަރުގެ އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ އެވެ.

ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ އެތަނުން ފެނިފައެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ބަންދުގެ މުއްދަތު އިއްޔެ ހަމަވުމުން، ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަތް 14 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި 12.28 ކިލޯގެ މެތާއި 1.58 ކިލޯގެ ހެރޮއިން ހިމެނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ