Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލައިފި

އައްޑޫ ސިޓީ ފޭދޫގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މި ސިޓީ ހޯޓާ ގާއިމް ކުރުމަށް ކަނޑައަޅާފައިވަނީ އައްޑޫގެ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4) ސަރަހައްދެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިމެނެނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައި ކަމަށެވެ.

މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ އެ ބިން ކަނޑައަޅާފައިވަނީ ގެސްޓްހައުސްތަކާއި، ހޮޓާތަށް ތަރައްގީ ކުރާނެ ސަރަހައްދެއްގެ ގޮތުގައެވެ.

އިއުލާނުގައި ވާ ގޮތުގައި ފޭދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 45 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. ބިމުގެ ބޮޑު މިނުގައި 16،664.71 އަކަފޫޓު ހުރި އިރު، ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމާއި، ބީލަން ފޮތް ބެލުމާއި، އެ ފޮތް ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު ކައުންސިލް އޮފީހުން ލިބޭނެއެވެ.

މީގެއިތުރުން، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުމަށް ފަހު ބިޑިން ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޕްލިކޭޝަން ފޯމު އެ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވެރިފަރާތްތަކުގެ ވިޔަފާރިތަކަށް ނުވަތަ ކުންފުނިތަކަށް ބިޑް ޑޮކިއުމަންޓް ސެޓެއްގެ އަގަކީ -/2,000 ރުފިޔާ އެވެ. ބިދޭސީ ވިޔަވާރިތަކާއި ކުންފުނިތަކުން 300 ޑޮލަރު ދައްކަން ޖެހޭނެއެވެ.

އެޕްލިކޭޝަން ފޯމާ އެކު އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން ބިޑިން ޑޮކިއުމަންޓަށް ދައްކަންޖެހޭ ފައިސާ ހުށަހަޅަން ޖެހޭނެއެވެ.

ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޕްރީ-ބިޑް ބައްދަލުވުމެއް 10 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ބަންދުކޮށްފައިވާ ބީލަން ހިފައިގެން، 24 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 އަށް ބީލަން ހުޅުވުމުގެ 10 މިނިޓް ކުރިން ހާޒިރުވާންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ސރަހައްދު ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އަދި މި މަޝްރޫއުގެ ތެރެއިންރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ލިއުމާއި ގުޅޭ