އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތައާރަފުކޮށްފައިވާ "ރޯދައިގެ ނޫރު" ކެމްޕެއިންގައި، ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރަމަޟާން މަހުގެ އެކި ކަންތައްތައް ދައްކުވައިދީފިއެވެ.
"ނޫރު" ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު އޭނާގެ ފުރަތަމަ ފުރިހަމަ ރޯދަމަސް ތަޖުރިބާކުރާ ގޮތް މި ކެމްޕެއިން ވީޑިއޯގައި ދައްކައިދެއެވެ. އަދި ނޫރުގެ ބައްޕަ އޭނާއަށް ހަދިޔާކުރި "ރޯދައިގެ ނޫރު" ފޮތް މެދުވެރިކޮށް، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި ރަމަޟާން މަހުގެ ރިވެތި އަޚްލާޤުތައް ދަސްކުރަމުންދާ މަންޒަރު މި ކެމްޕެއިންގައި ފެނިގެންދެއެވެ.
"މި ކެމްޕެއިން މެދުވެރިކޮށް އަޅުގަނޑުމެން މަސައްކަތްކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށް" އުރީދޫ މޯލްޑިވްސްއިން މި ވީޑިއޯއާ ގުޅިގެން ބުނެފައިވެއެވެ.
އުރީދޫއިން ބުނީ މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އެކުންފުނިން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށްކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރަމަޟާން މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށްވެސް ރިލޭޓެބަލް އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުއްމީދު ކުރެވޭކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
"ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެކެވެ. "ރޯދައިގޭ ނޫރު" އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ." އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމެޕެއިނުތަކެއް ގެނެސްދިނުމަށެވެ. މި ރަމަޟާން މަހު އެ ކުންފުނިން ދައުވަތު ދެނީ "ނޫރު"އާއި އެކު ރަމަޟާން މަސް ތަޖުރިބާ ކުރުމަށްކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.