Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާ އާއި ޔޫކްރެއިންގެ އޮފިޝަލުން އަންނަ ހަފުތާގައި ސައުދީގައި ބައްދަލުކުރަނީ

ރަޝިއާ/ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާމެދު މަޝްވަރާކުރުމަށް ކުރިއަށް އޮތް ހަފްތާގައި ސައުދީ އަރަބިއާއަށް އެމެރިކާގެ ވަފުދެއް ދަތުރުކުރާނެކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް ހުކުރު ދުވަހު ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޯލްޓްޒް ބުނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ، އާއި، އެކު އޭނާ ކުރިއަށް އޮތް ހަފްތާގައި ސައުދީ އަރަބިއާގައި ބާއްވާ މަޝްވަރާތަކަށް ދާނެކަމަށެވެ. އަދި މިއީ ހަނގުރާމަ ހުއްޓުވައި، ސުލްހަ ގެނައުމަށް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ވޯލްޓްޒް ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓަންޖެހޭކަމަށް ޓްރަމްޕް ހުރިހާ ފަރާތްތަކަށް "ވަރަށް ސާފުކޮށް" ބުނެފައިވާކަމަށް ވޯލްޓްޒް ފާހަގަކުރިއެވެ.
"އަޅުގަނޑުމެން ޑިޕްލޮމަސީގައި ބައިވެރިވާނެ، އަދި އެމަނިކުފާނުގެ ލީޑަރޝިޕް އަދި އަޅުގަނޑުމެންގެ ބާރުތައް ބޭނުންކޮށްގެން ދެފަރާތް ސުލްހައިގެ މޭޒުދޮށަށް ގެނައުމަށް މަސައްކަތްކުރާނެ. މިއީ ފަސޭހަ ކަމަކަށް ނުވާނެ" ކަމަށް އޭނާ އިތުރުކުރިއެވެ.
މީގެއިތުރުން، ނޭޓޯގެ ސެކްރެޓަރީ-ޖެނެރަލް މާކް ރުޓެ ކުރިއަށް އޮތް ހަފްތާގައި އެމެރިކާއަށް ޒިޔާރަތްކުރާނެކަމަށްވެސް ވޯލްޓްޒް ހާމަކުރިއެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު ޓްރަމްޕް ރަޝިއާގެ ރައީސް ވްލެޑިމިރ ޕުޓިނާއި އެއްގަޑިއިރާއި ތިރީސް މިނެޓްގެ ފޯނު ކޯލެއް ކުރިއެވެ. މީގެ ފަހުން، ފެބްރުއަރީ 18 ގައި، ދެ ޤައުމުގެ ޑެލިގޭޝަންތައް ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބައްދަލުކޮށް، ދެ ޤައުމުގެ ގުޅުން އާރާސްތުކުރުމާއި ދެމިގެންދާ ހަނގުރާމަ ނިންމުމާ ބެހޭގޮތުން ވާހަކަދެއްކިއެވެ.

މި ލިއުމާއި ގުޅޭ