Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ވޭޕް ސްޓިކް ޕެކޭޖެއް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ސްޓިކް ހިމެނޭ ޕެކޭޖެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ 400 ވޭޕް ސްޓިކް ހިމެނޭ ޕެކޭޖެއް ކަނޑުމަގުން އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ.

އެ ތަކެތި އަތުލައިގަތީ ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވާ އެ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރި ކަަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިބެލުމުގެ ތެރެއިންނެވެ.

ކަސްޓަމްސް އިން ވޭޕް ސްޓިކް ޕެކޭޖެއް އަތުލައިގެންފައިވާއިރު، ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްގައި ތިންތަނެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެ މީހަކު ހައްޔަރުކޮށްފައެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވެއެވެ. އެ ތަންތަން

ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފެނުނީ ކިހައި އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަނގްލަދޭޝް (27އ) އެވެ.

ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިއުމާއި ގުޅޭ