Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

މިފްކޯގެ ސީއީއޯކަމަށް ފަރުހަތު އައްޔަނުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯކަމުގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައިވާކަމަށެވެ.

ފަރުހަތު މި މަގާމަށް އައްޔަނުކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި، ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން ވަކި ކުރިތާ ދެ ދުވަސް ފަހުންނެވެ. ޑރ. ވިޓާލީ ވަކި ކުރިކަން ޕީސީބީ އިން ހާމަކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.

ފަރުހަތު މިފްކޯގެ ސީއީއޯކަމަށް އައްޔަނުކޮށްފައިވާއިރު މީގެ ކުރިން އޭނާ ވަނީ މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ހިދުމަތް ކުރައްވާފައެވެ. މީގެއިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީއީއޯ ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

މި ލިއުމާއި ގުޅޭ