Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީ އާއި ސަލަފު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދެނީ

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަލަފު ޖަމިއްޔާ ގުޅިގެން، މި ރޯދަ މަހު ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީ އާއި ސަލަފުން މިފަދައިން ނިންމައި އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގެ ދަށުން އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީ އިން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިންގް ސްޕޭސް ހަމަޖައްސައިދީފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގްރާމް އަކީ ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އަދި އަމާޒަކީ، ސީއެސްއާރުގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުޖުތަމައުއަށް ފައިދާ ހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު ރޯދަ މަހު އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށް ވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމް އާއި ގުޅިގެން ޕްރޮގްރާމްގެ ކޯޑިނޭޓާ މުހައްމަދު ޝުޖާއު ވިދާޅުވީ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަނެއް ހަމަޖެހިގެންދިއުމަކީ މި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށް ވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ.

އަދި މިއަހަރު މި މަސައްކަތައް އެޗްޑީސީ އިން ތަނެއް ހަމަޖައްސައިދިނުމަކީ ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ