ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1070 ގްރާމުގެ މަސްތުވާތަކެތި އަންގާރަ ދުވަހު އަތުލައިގެންފައިވާކަމަށެވެ.
އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ކަމަށާއި، މިތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމުން މައުލޫމާތު ދިނެވެ.
މީގެ ކުރިން ވެސް ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވި އެވެ. ޕޯސްޓުން ގެންނަ ޕާރުސަލުގައި މަސްތުވާތަކެތި ހުރިކަން ފާހަގަކުރެވިއްޖެ ނަަމަ، އެ ޕާރުސަލަކާ ހަވާލުވުމަށް އަންނަ މީހަކު މެދުވެރިކޮށް އެތަކެތި އެތެރެކުރާ މީހުންނާ ހަމަޔަށް ފުލުހުން ވާސިލުވެފައި ވެސް އެބަހުއްޓެވެ.